އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އަނިޔާވެރިވުމެއް ނޫން:އިމްރާން

ހައްގު ގޮތުގައި ކުރަންޖެހޭ ކަމެއްކޮށް، އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮންފަދައަކުންތޯއޭ ވިދާޅުވެ، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ސުވާލު އު...

19 Feb 2019 | 04:45

ހައްގު ގޮތުގައި ކުރަންޖެހޭ ކަމެއްކޮށް، އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮންފަދައަކުންތޯއޭ ވިދާޅުވެ، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.

އަދާލަތު ޕާޓިގެ ރައީސް އިމްރާން މިހެން ވިދާޅުވެފައިވަނީ މަނީ ލޯންޑަރުންގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަދުގައި ބެެއްޓުމަށް އަމުރުކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޝެއިހް އިމްރާން އިއްޔެ ކުރެއްވި ޓްވީޓެއްގައި، ހައްގު ގޮތުގައި ކުރަންޖެހޭ ކަމެއްކޮށް، އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމެއް ނޫން ކަމަށް ވިދާޅުވިއިރު، އިއްޔެ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިން މައްސަލާގައި، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނުގައި ހިމެނޭ ފައިސާޢިން އެއްމިލިއަނަށްވުރެ ގިނަ ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާއިން މުއާމަލާތުކުރި މައްސަލާގައެވެ. މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫތުދިނުމުގެ ކުށުގައި ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް ފުލުހުން ވަނީ ޕްރޮސެއކިުޓަރ ޖެނެރަލްގެ އޮފިހަށް ފޮނުވާފައެވެ.

ޔާމީންގެ ވެރިކަމުގައި އިމްރާންގެ މައްޗަށް ޓެރަރިޒަމް ދައުވާކޮށް، 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަންނިމި، ވެރިކަމަށް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންނެވުމާއެކު އިމްރާންގެ އިތުރުން އޭރު ޖަލުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން ވަނީ މިނިވަން ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް