އެސްޓީއޯގެ ބޯޑަށް ބަދަލު ގެނެސްފި

ސްޓޭޓް ޓްރެޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑަށް ބަދަލު ގެނެސްފިއެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވަނީ އެބޯޑުން އިސްމާއިލް ޔާސިރު ވަކިކޮށްފައެވެ. ސަރުކާރާއި ރައްޔިތުން ހިއްސާ...

19 Feb 2019 | 04:39

ސްޓޭޓް ޓްރެޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑަށް ބަދަލު ގެނެސްފިއެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވަނީ އެބޯޑުން އިސްމާއިލް ޔާސިރު ވަކިކޮށްފައެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަން ކުރައްވާފައިވާ މ. ހުއިވަނި އިސްލާއިލް ޔާސިރު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް އެ ކުންފުނިން ބުނެފައެއް ނުވެ އެވެ.

އެކަމަކު، ކޮންމެ އާ ސަރުކާރަކާއެކު ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެނައުމަކީ އާ ކަމެއް ނޫނެވެ. މިގޮތުން އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ވެރިކަމަށްވަޑައިގެން ވެސް ކުންފުނިތަކުގެ ބޯޑަށް އާ ޑިރެކްޓަރުން ދަނީ އައްޔަން ކުރައްވަމުންނެވެ.

އެސްޓީއޯ ބޯޑުން ޔާސިރު ވަކިކުރިއިރު، އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުގައި މިހާރު ތިއްބެވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު އާއި ޗީފް ފައިނޭޝަނަލް އޮފިސަރު މުހައްމަދު މިހާދު އަދި ޑިރެކްޓަރުން ކަމަށްވާ އާމިރު މަންސޫރު އާއި މަރިޔަމް ޒާހިޔާ އަދި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރު އައިޝަތު ފަޒީނާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް