ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު ދަންމާލަނީ 45 ދުވަހަށް

ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު މިހާރު އިއުލާނު ކޮށްފައިވާ ގަރާރު ފާސްކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ހުށަހަޅާފައިވާއިރު އިތުރުކުރަން ހުށަހ...

19 Feb 2018 | 14:48

ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު މިހާރު އިއުލާނު ކޮށްފައިވާ ގަރާރު ފާސްކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ހުށަހަޅާފައިވާއިރު އިތުރުކުރަން ހުށަހެޅި 30 ދުވަހާއެކު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 45 ދުވަހަށް އިތުރުވެގެންދާނެ ކަމުގައި ރައީސް އޮފީހުން ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުން މިކަން ހާމަކުއްވާފައިވާއިރު މަޖިލީހަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވުމުން ބައެއް ބޭރުގެ މީޑިއާތަކަށް ބެލި ނަމަވެސް  ރިޕޯޓް ކޮށްފައިވަނީ އިތުރު ކުރަނީ 15 ދުވަސް ކަމަށެވެ. އެއާއެކު ޖުމްލަ އަދަދު އިތުރުވެގެންދާނީ 30 ދުވަހަށް ކަމަށެވެ.

ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި "ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު (19 ފެބުރުވަރީ 2018)" މި ސުރުހީގެ ދަށުން ޝާއިޢު ކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުން މަޖިލީހުން ފާސްކުރައްވައިފިނަމަ، މިހާރު އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ޖުމްލަ 45 ދުވަހަށް ދެމިގެންދާނެ ކަމަށެވެ.

ގަރާރާއި ރައީސްގެ ހުށަހެޅުން ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވާފައިވާއިރު އެ ކަންކަން ކުރުމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެކަން ފާސްކުރާނީ މަޖިލީހުގެ ތަޅުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް