ދިވެހިރާއްޖޭގައި މުވާސަލަތާއި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ދިރާގަކީ ރާއްޖޭގައި މޯބައިލް ޓެކްނޮލޮޖީގެ އެންމެ ފަހުގެ 4ޖީ ޓެކްނޮލޮޖީ އެންމެ ހަލުވުމިނުގައި އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ކުންފުންޏެވެ.
މިގޮތުން މިހިދުމަތުގެ ފައިދާ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން 4ޖީ ސިމް އަދި ހެޔޮއަގުގައި 4ޖީ ފޯނު ގަންނަން ލިބޭ ހާއްސަ ދެ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށްޓައިފިއެވެ.
4ޖީ ސިމް ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ މިހާރު ދިރާގު 2ޖީ އަދި 3ޖީ ސިމް ގެންގުޅޭފަރާތްތަކަށް ހިލޭ 4ޖީ ސިމް އަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިގޮތަށް ހިލޭ 4ޖީ ސިމް ނަގާފަރާތްތަކަށް 2 މަސްދުވަހަށް ކޮންމެ މަހަކު 2 ޖީބީ ޑޭޓާ ހިލޭ ލިބެއެވެ.
ދިރާގުން ހާމަކޮށްފައިވާގޮތުގައި ދިރާގުގެ މަޤްސަދަކީ ޓެކްނޮލޮޖީގެ ޒަރީއާއިން ދިވެހިންގެ ދިރިއުޅުމަށް ފަހިކަމާއި ފާގަތި ގެނައުން ކަމަށްވާތީ، މި ޓެކްނޮލޮޖީގެ މަންފާ ގިނަ ބަޔަކަށް ތަސައްވަރު ކުރެވޭނެ ގޮތަށް ރަނަގަޅު ފެންވަރުގެ 4ޖީ މޯބައިލް ފޯން ހެޔޮ އަގުގައި ލިބޭނެ ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ.
މިގޮތަށް ފޯން ގަންނަ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ބިލް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ދިރާގުން ފަށާފައެވެ.
"އޭގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ވެއެވެ. ސެމްސަންގް ފަދަ ރަނގަޅު ބްރޭންޑް ތަކުގެ މެދުފަންތީގެ ފޯން މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާ އާއި 3499 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ގަންނަން ލިބޭނެއެވެ. އަދި ޕޯސްތްޕެއިދްގައި ބިލް ޑިސްކައުންޓް %40 އާއި %50 ދެމެދުން ލިބޭ އިރު ބައްލވައިގަންނަވާ ކޮންމެ ފޯނަކުން ވެސް 2ޖީބީގެ ޑޭޓާވެސް ހިލޭ ލިބޭނެއެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ހިލޭ 2ޖީބީ ގެ ޑޭޓާގެ އިތުރުން ބައްލަވައިގަންނަވާ ކްރެޑިޓް ދެ ގުނައަށް މި ފޯން ޕްރޮމޯޝަންގެ ދަށުން ބޮޑުވާނެއެވެ." ދިރާގުން ހާމަކުރެ އެވެ.
ދިރާގުން ހާމަކުރާގޮތުގައި ދިރާގުން ރާއްޖޭގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ މިފަދަ ޕްރޮމޯޝަންތައް ހިންގުމުގައި އަބަދުވެސް ބަލަނީ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަސޭހަތައް ގެނުވައި އުފާވެރި މުސްތަގްބަލެއް ހޯދުމުގައި އެހީތެރިވެދިނުމުވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް