ޑަޗްލޭންޑްގެ ލޯކޯސްޓް އެއާލައިނެއް ކަމުގައިވާ ޓްރާންސާވިއާގެ ފްލައިޓެއް ދުބާއީން އެމްސްޓަމަށް ކުރި ދަތުރުގައި ޕަސިންޖަރަކު މާ ގަދައަށް ފޮޑި ޖަހާތީ އެ ފްލައިޓް އެމަޖެންސީގައި ލޭންޑް ކޮށްފި އެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި ފްލައިޓް އެމަޖެންސީގައި ލޭންޑް ކޮށްފައިވަނީވެސް އޮސްޓްރޭލިއާގެ އެއާޕޯޓަކަށެވެ.
https://twitter.com/pr8sport/status/962865978307686400
އެ އެއާޕޯޓަށް ފްލައިޓް ލޭންޑް ކުރުމުން އޮސްޓްރޭލިއާގެ ފުލުހުންގެ އެހީގައި އެމީހާ ފްލައިޓުން ބާލާފައިވާއިރު އެމީހާ އެ އެއާލައިނުން އިތުރަށް ދަތުރު ނުކުރެވޭގޮތަށް "ބޭން" ކޮށްފައިވާކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެމީހާ ކޭ އެއްޗެއްގެ ސަބަބުންތޯ ނުވަތަ ސިއްހީ ގޮތުން ދިމާވި ހާލަތެއްގެ ސަބަބުންތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު ފްލައިޓުން ބާލާފައިވާމީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް