ކުއްލި ނުރައްކަލުގެ ގަރާރާއި ރައީސްގެ ހާއްސަ މައްސަލަ ކޮމިޓީއަށް ފޮނުވާލުމަށްފަހު ޖަލްސާ ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއިބެހޭ ގަރާރުތަކާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް 15 ދުވަސް އިތުރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއ...

19 Feb 2018 | 07:04

ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއިބެހޭ ގަރާރުތަކާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް 15 ދުވަސް އިތުރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ހާއްސަ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވާލުމަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

ޖަލްސާގައި ގަރާރާއި ރައިސްގެ ހާއްސަ މައްސަލަ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވަނީ މަޖިލީހުގައި ތިއްބެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ.

ގަރާރާއި ރައީސްގެ ހާއްސަ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާއިރު މިއަދުގެ ޖަލްސާ އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ގަރާރާއި ރައީސްގެ ހާއްސަ މައްސަލައަށް މިއަދުގެ ޖަލްސާގައި ގޮތެއް ނިންމާފައި ނުވަނީ އެކަމަށް ބޭނުންވާ އަދަދު ހަމަ ނުވާތީ ކަމުގައި އިދިކޮޅު މެމްބަރުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް