ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ކުރިއަށްދާ އެ މަޖިލީހުގެ ހާއްސަ ޖަލްސާ އިދިކޮޅު މެމްބަރުން ބޮއިކޮޓް ކޮށްފި އެވެ.
މިކަން ހާމަކުރަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސްޓޭޓް އޮފް އެމަޖެންސީ އަކީ ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަންޖެހޭ ކަމެއް ކަމުން، މަޖިލިސް އިން މިކަމަށް ވޯޓަށް އަހާއިރު ގާނޫނު އަސާސީގެ 87 (ށ)ގަ ވާގޮތުގެ މަތިން 43 މެމްބަރުން ހާޒިރުވެ ތިބެންޖޭ ކަމަށެވެ.
"ޔާމީން އަށް ހަމަވީ 38، ޖޮއިންޓް އޮޕޮޒިޝަން އިން ގައިރު ގާނޫނީ ޖަލްސާއެއް ވީމަ ބޮއިކޮޓް ކުރަން ނިންމައިފި" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
https://twitter.com/AhmedMahloof/status/965468770310397953
އިދިކޮޅު މި ޖަލްސާ ބޮއިކޮޓް ކޮށްފައިވާއިރު މަޖިލިސް ފެށިގެން ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް