މުއްސަނދި ފައިސާހުރި މީހަކާ އިނުމުގެ ގޮތުން ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ކަރިޝްމާ ކަޕޫރު ކުރި ފުރަތަމަ ކައިވެނި ރޫޅާލުމަށް ފަހު ދެވަނަ ކައިވެންޏެއް ކުރަން އޫޅޭހެން ހީވާން ފަށައިފި އެވެ.
ކަރިޝްމާ އާއި ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރު ވަރިވީ މިދިޔަ އަހަރު އެވެ. އެ ކައިވެންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވާއިރު އެކުދިން ތިބެނީ ކަރިޝްމާ ކައިރީގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކަރިޝްމާ ވަނީ މިދިޔަ ހުކުރު ދުވަހު ރޭ ބޮޑުބޭބެ ޝަޝީ ކަޕޫރު ގޭގައި އާއިލީ ގުޅުން ބަދަހި ކުރުމަށް ބޭއްވި ހަފްލާއަކަށް އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ސަންދީޕް ތޮޝްނިވާލް ގެންގޮސްފައި އެވެ. މިއީ އާއިލީ ހަފްލާއަކަށް ކަރިޝްމާ، ސަންދީޕް ގެންދިޔަ ދެވަނަ ފަހަރެވެ. މިދިޔަ ހަފްތާގައި ކަރިޝްމާގެ ބައްޕަ ރަންދީރު ޕަކޫރުގެ 70ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައިވެސް ސަންދީޕު ބައިވެރިވި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާއިލީ ބައްދަލުވުންތަކަށް ސަންދީޕު ގެންދާނީ ކައިވެނި ކައިރިވެފައިވާތީ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ދެމީހުންގެ ގުޅުން އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
ސަންދީޕަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. އޭނާ އަކީ ފާމަސޫޓިކަލް ކުންފުންޏެއް ހިންގާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް