ވަޒީފާގެ ފުރުސަތުތަކާއި އެކު "ޔޫތް ކެރިއާ އެކްސްޕޯ 2017" ފަށައިފި

ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކާއި އެކު "ޔޫތު ކެރިއާ އެކްސްޕޯ 2017" ހުޅުމާލޭގައި ފަށައިފި އެވެ. އެޗްޑީސީން އިންތިޒާމުކޮށްގެން ހުޅުމާލޭ ރެހެންދި ސްކޫލްގައި ކުރިޔަށްގެންދާ މި އެކްސްޕޯ ރަސްމީކޮށް ހު...

19 Feb 2017 | 02:54

ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކާއި އެކު "ޔޫތު ކެރިއާ އެކްސްޕޯ 2017" ހުޅުމާލޭގައި ފަށައިފި އެވެ.

އެޗްޑީސީން އިންތިޒާމުކޮށްގެން ހުޅުމާލޭ ރެހެންދި ސްކޫލްގައި ކުރިޔަށްގެންދާ މި އެކްސްޕޯ ރަސްމީކޮށް ހުޅުވައި ދެއްވީ މެޑަމް ފާތުމަތު އިބްރާހީމެވެ.

އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ފެއާގައި ވަޒީފާ އާއި ތައުލީމުގެ ފުރުސަތުތަކާއި ވިޔަފާރީގެ ދާއިރާ އިން ކުރިއަށް ދެވޭނެ ގޮތްތަކާއި އާ އުފެއްދުންތައް ޕްރޮމޯޓް ކުރުމާއި އިގްތިސާދީ އަދި އިޖްތިމާއީ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެ އެވެ. ފެއާގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ބައިވެރިވި އެވެ.

އެޗްޑީސީން ބުނީ މިފެއާ މެދުވެރިކޮށް ހުޅުވާލެވިފައިވާ ގިނަ ވަޒީފާގެ ފުރުސަތުތަކަކީ ހުޅުމާލޭގައި ހުރި ފުރުސަތުތައް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އަލަށް އިމާރާތް ކުރަމުންދާ ޓްރީ ޓޮޕް ހޮސްޕިޓަލުން އެކަނިވެސް 500 ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެ އެވެ.

މި ފެއާގައި ވަގުތުން ސެޓްފިކެޓްތައް ހުށަހަޅައި ވަޒީފާއަށް ކުރިމަތި ލެވޭއިރު އިންޓަންޝިޕް ޕްރޮގްރާމްތަކުގައިވެސް ބައިވެރިވެ އެވެ.

ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު އިނާމުތައް ހުށަހެޅިފައިވާ މި ފެއާއަށް ހިލޭ ވަދެވެ އެވެ.

ޖުމްލަ 19 ފަރާތަކުން މި ފެއާގައި ބައިވެރިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް