މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގަ ތިބީ ނުވަ މީހުން

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގަ ހުކުރު ދުވަހު ހުޅުމާލޭގައި ކުރި މުޒާހަރާއިގަ ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ނުވަ މީހުން ކަމަށް ފުލުހުން ބުނެ...

19 Jan 2020 | 15:16

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގަ ހުކުރު ދުވަހު ހުޅުމާލޭގައި ކުރި މުޒާހަރާއިގަ ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ނުވަ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ އެ މުޒާހަރާގައި27 މީހަކު ހައްޔަރު ކުރި ކަމަށެވެ. އޭގެ ތެރެއިން އިއްޔެ ނިޔަލަށް19 މީހަކު ފިޔަވާ އެންމެން ދޫކޮށްލި ކަމަށެވެ.

މިއަދު ދޫކޮށްލި10 މީހުން ދޫކޮށްލި ސަބަބެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ހައްޔަރު ކުރި27 މީހުންގެ ތެރެއިން މައްސަލަ އާއި ގުޅުމެއް ނެތް މީހުންގެ ގޮތުގައި ފާހަގަވެގެން ހައްޔަރު ކުރި އަންހެން މީހާ އާއި ހަތަރު ފިރިހެނަކު ދޫކޮށްލި އެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ18 އަހަރު ނުވާ ދެ ކުޑަކުދިން އާއިލާ އާއި ހަވާލު ކުރި އެވެ.

ހުޅުމާލޭގައި އާންމުން އެއްވެ މުޒާހަރާ ކުރީ ރޭޕް ކުރި ކުއްޖާގެ ބައްޕަ ހުޅުމާލޭ ފްލެޓް108 ގެ ފްލެޓެއްގައި ހުރިކަމަށް ބުނެ ހައްޔަރު ކުރުމަށް ގޮވާލާ އެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ އޭނާ އެ ފްލެޓުގައި ހުއްޓަ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް