ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަންނަ ފެރީ ފުރާ ސަރަހައްދު ބަދަލުކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިއަދުން ފެށިގެން ފެރީތައް ފުރާނީ ޓެކްސީ ކިއު ސަރަހައްދުން ކަމަށެވެ. އެމްއޭސީއެލްއިން ބުނީ އެގޮތަށް ހަމަޖެއްސީ ޓެކްސީ ނުވަތަ ފެރީ ބޭނުންކުރާއިރު އަވަހަށް ލިބެންއޮތް ހިދުމަތެއް ބޭނުން ކުރަން އާންމުންނަށް ފަސޭހަކޮށްދިނުމަށެވެ.
https://twitter.com/MACLmedia/status/1218739566703570946?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1218739566703570946&ref_url=https%3A%2F%2Fmihaaru.com%2Fbusiness%2F67928
ފެރީތައް މީގެ ކުރިން ފުރަނީ ވޯޓަ ފްރަންޓް ރެސްޓޯރެންޓު ސަރަހައްދުންނެވެ. އެމްއޭސީއެލްއިން ވަނީ މިއަދުން ފެށިގެން އެތަން ރިސޯޓުތަކުގެ ލޯންޗުތަކުން ބޭނުން ކުރުމަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް