މިސްރުގެ އަލް އަޒުހަރު ޔުނިވާސިޓީން އަރަބިއްޔާ ސްކޫލަށް6461 ފޮތް ހިލޭ ދީފި އެވެ.
އެހެން އަހަރުތަކުގައި ހިލޭ ދެނީ40 ފޮތެވެ. ދެން ބާކީ ފޮތްތައް ޖެހެނީ ގަންނާށެވެ.
މިއަހަރު ހަދިޔާ ކުރި ފޮތްތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. މިސްރު ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ މިސްރުގެ ސަފީރު، ހުސައިން އަލް ސަހާރީ އެވެ.
https://twitter.com/MoFAmv/status/1218821394940563457
ފޮތްތައް ހަވާޅު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ، އިގްތިސާދީ އަދި އިންސާނީ ވަސީލަތްތައް ކުރިއަރުވަން އަލް އަޒަހަރު ޔުނިވާސިޓީން ގިނަ އެހީތަކެއް ވެދެމުންދާ ކަމަށެވެ. އަޒްހަރު ޔުނިވާސިޓީން ހިންގާ ޓީޗާ އެކްސްޗޭންޖް ޕްރޮގްރާމަށާއި ދިވެހިންނަށް ދޭ ސްކޮޮލާޝިޕް ފުރުސަތުތަކަށް މިނިސްޓަރު ވަކިން ހާއްސަކޮށް ޝުކުރު އަދާކުރެއްވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ ފުންނާބު އުސް އިލްމުވެރިންނަކީ އަޒްހަރު ޔުނިވާސިޓީން ދަސްވެނިވިފައިވާ ދަރިވަރުންނެވެ. ޚާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ވެސް އެ ޔުނިވާސިޓީން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅެއް ކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހުންނަވާ މިސްރުގެ ސަފީރު ވިދާޅުވީ، އަރަބިއްޔާ ސްކޫލަށް ދިން ފޮތްތަކަކީ ހަދިޔާއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފޮތްތައް ދިނީ އެއީ މިސްރުގެ ޒިންމާއެއް ކަމަށް ދެކިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް