މެދުފުށި ރިސޯޓު ފުއްޓަރު ބޭރަށް ލަންކާގެ ބޯޓެއް ބަންޑުން ޖަހާލާފައި އޮއްވަ ފެނިއްޖެ

މ. މެދުފުށި ރިސޯޓުގެ ފުއްޓަރު ފަރާތުން ބޭރަށް ބޯޓެއް ބަންޑުން ޖަހާލާފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުރަތަމަ މެންދުރު 1:00 ގައި ރިޕޯޓުކޮށްފައިވަނީ ބޯޓެއް ހެން ހީވާ އެއްޗ...

19 Jan 2020 | 10:04

މ. މެދުފުށި ރިސޯޓުގެ ފުއްޓަރު ފަރާތުން ބޭރަށް ބޯޓެއް ބަންޑުން ޖަހާލާފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުރަތަމަ މެންދުރު 1:00 ގައި ރިޕޯޓުކޮށްފައިވަނީ ބޯޓެއް ހެން ހީވާ އެއްޗެއް ފެންނަން އޮތް ކަމަށް ބުނެ ކަމަށެވެ. ފުލުހުން ގޮސް ބެލިބެލުމުން އެއީ ބޯޓެއްކަން ކަށަވަރުވި ކަމަށް ފުލުހުން ބުނެ އެވެ

އެ ބޯޓުގެ ބޮޑު ބައި މޫދު އަޑީގައި އޮތް އިރު އެއީ ސްރީލަންކާގެ މަސް ބޯޓެއްކަން ދެނެގަނެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ ސަރަހައްދުގައި ބޯޓުން ދަތުރުކުރި ކަމަށް ބެލެވޭ އެއްވެސް މީހަކު ނެތް ކަމަށާއި ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ އިތުރަށް އެ ސަރަހައްދު ބަލަމުން ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް