ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނު ކުރި ފަހުން ފެތުރެމުންދާ ހިމަބިއްސަށް ވެކްސިން ދިނުމަށް ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކޮށްފި އެވެ.
މި ސެންޓަރު ހަދާފައިވަނީ އޯޓިޒަމް އެސޯސިއޭޝަން އާއި ޖެހިގެން ހަދާފައިވާ ޕްރީ ސްކޫލް އިމާރާތުގައި އެވެ. އެތަނުގައި ހިދުމަތްދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00އާ ހަމައަށެވެ.
ސްކްރީނިން މަރުކަޒުން ހިދުމަތް ހޯދާނީ، ހުން އައުމާއެކު ގައިގައި ބިހިތަކެއް ނަގާފައިވާ މީހުން އެކަންޏެވެ.
އެ މަރުކަޒަށް ދާއިރު، ވެކްސިން ކާޑު ނުވަތަ ވެކްސިން ޖަހާފައިވާކަމުގެ ލިޔުމާއި އައިޑީ ކާޑު ގެންދަން ޖެހެ އެވެ. ބިދޭސީއެއް ނަމަ އެ މީހެއްގެ ޕާސްޕޯޓު ނުވަތަ ވޯކް ޕާމިޓް ކާޑު ގެންދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ސްކްރީނިން މަރުކަޒުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދަން އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު، 7289259 އަށް ގުޅުމަށް އެދެ އެވެ.
ހިމަބިހި ފެތުރެން ފެށިފަހުން އިއްޔެގެ ނިޔަލަށް ހަތަރު މީހަކަށް އެ ބަލި ޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް