ކޮކާ ކޯލާ ލެޖެންޑުގެ ނަމުގައި ހާއްސަ ފުޓުބޯޅަ މެޗެއް ކުޅެނީ

މޯލްޑިވިއަން ސޮކާ މޭޓްސްއާއި އެފްއޭއެމް ގުޅިގެން "ކޮކާ ކޯލާ ލެގެންޑް ކަޕް"ގެ ނަމުގައި އަންނަ ހުކުރު ދުވަހު ހާއްސަ މެޗެއް ކުޅުމަށް ހަމަޖައްސައިފި އެވެ. މި މެޗަކީ ކޮކާ ކޯލާ އުފައްދާ މާލޭ އެރޭޓެޑް ވޯޓާ ކ...

19 Jan 2020 | 07:32

މޯލްޑިވިއަން ސޮކާ މޭޓްސްއާއި އެފްއޭއެމް ގުޅިގެން "ކޮކާ ކޯލާ ލެގެންޑް ކަޕް"ގެ ނަމުގައި އަންނަ ހުކުރު ދުވަހު ހާއްސަ މެޗެއް ކުޅުމަށް ހަމަޖައްސައިފި އެވެ.

މި މެޗަކީ ކޮކާ ކޯލާ އުފައްދާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އިސްނަގައިގެން ކުރިޔަށް ގެންދާ މެޗެކެވެ.

މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މި މެޗުގެ މައިގަނޑު ބޭނުމަކީ ފުޓުބޯޅަ މިހިސާބަށް ގެނެސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދިން ލެޖެންޑަރީ ކުޅުންތެރިންނަށް މިކަމުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އެކަމަކު މި މެޗުގައި ކުރީގެ ކުޅުންތެރިންނާ އެކު ބައެއް މިހާރުގެ ކުޅުންތެރިން ވެސް ކުޅޭނެ ކަން އޭނާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން މި މެޗުގައި ކުރިން ދަނޑުމަތިން ނުފެނުނު ކަމުގައި ވިޔަސް މެނޭޖްމެންޓާއި ކޯޗިންގް ދާއިރާގައި މަސައްކަތް ކުރި ބައެއް ފަރާތްތައް ވެސް ޝާމިލް ކުރާނެ ކަމަށް ޖަވާ ވިދާޅުވި އެވެ.

މި މެޗުގައި މިދިޔަ40 އަހަރު ތެރޭގައ ރާއްޖޭގައި ފުޓުބޯޅާއިގަ ހަރަކާތްތެރިވި ކުޅުންތެރިންނަށް ކިރިޔާވެސް ކުޅެވޭނެމަ ފުރުސަތުދޭން ވަނީ ނިންމާފަ އެވެ. އެގޮތުން ކުރީގެ ފުޓުބޯޅަ ތަރި ކުޑަ މޫސަ އާއި މިހާރުގެ ފުޓުބޯޅަ ތަރި އަލީ އަޝްފާގު މެޗަށް އެރުވޭތޯ މަސައްކަތް ކުރާނެ ކަމަށް ބުނެ އެވެ.

ފުޓުބޯޅައިގެ ހަވީރެއް ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މެޗު ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހު، އެފްއޭއެމްގެ އެކުވެނި ޓާފްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް