ޝާރޕްގެ ޑިސްޓްރިބިއުޓަރޝިޕާއިއެކު ރެޑްވޭވުން ޝާރޕްގެ މުޅިންއާ އުފެއްދުންތަކެއް ތައާރަފްކޮށްފި

ދިވެހިން އެތަށް އަހަރެން ވަންދެން އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ޝާރޕް ބްރޭންޑްގެ ވަރަށް ބައިވަރު އައިޓެމެސް ރެޑްވޭވުންވަނީ މިއަދު ތައާރަފްކޮށްފައެވެ. ޝާރޕްގެ އޮތޮރައިޒްޑް ޑިސްޓްރިބިއ...

19 Jan 2020 | 06:48

ދިވެހިން އެތަށް އަހަރެން ވަންދެން އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ޝާރޕް ބްރޭންޑްގެ ވަރަށް ބައިވަރު އައިޓެމެސް ރެޑްވޭވުންވަނީ މިއަދު ތައާރަފްކޮށްފައެވެ.

ޝާރޕްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާރޝިޕާއިއެކު ރެޑްވޭވުން ވަނީ ޝާރޕް ބްރޭންޑުގެ އޭސީ، އައިސްއަލަމާރި އަދި ދޮންނަ މެޝިންގެ މީގެކުރިންވެސް ރާއްޖޭގެ މާރކެޓަށް ތައާރަފްކޮށްފައެވެ.

އެގޮތުން މިފަހަރު ތައާރަފްކޮށްފައިވައި ރޭންޖުތަކުގެ ތެރޭގައި އިސްތިރި، ވެކިއުމް ކްލީނަރ، ފެންކައްކާ ޖަގު، ރައިސް ކުކަރ، އައިސްއަލަމާރީގެ އާ ރޭންޖުތައް، ޝަވަރ ހީޓަރ، ދޮންނަމެޝިން، މިކްސަރ، އަވަން، މައިކްރޯވޭވް އަވަން، އެއަރ ޕިއުރިފަޔަރ އަދި އެއަރ ކޫލަރ ހިމެނެއެވެ. އަދި މީގެ އިތުރުން ހޯމްތިއޭޓަރގެ 5 ވައްތަރެއް ވަނީ ތައާރަފްކުރެވިފައެވެ.

މިފަހަރު ތައާރަފް ކުރެވުނު އައިޓަމްތަކުން އެންމެ ހާއްސަވަނީ ޖަޕާނުން ދުނިޔެއަށް އިންގިލާބް ގެނެސްދީފައިވާ، "ޕްލާޒްމަރކުލަސްޓަރ އިއޯން ޓެކްނޮލޮޖީ" ހިމެނޭ ވައިސާފުކޮށްދޭ އެއަރޕިއުރިފަޔަރ އާއި ހަމަ މި ޓެކްނޮލޮޖީ ހިމެނިގެންދާ އައިސް އަލަމާރިއެވެ.  އެގޮތުން ޝާރޕް އެއަރ ޕިއުރިފަޔަރއަކީ މުޅިދުނިޔެއަށް 80 މިލިއަނަށްވުރެ ގިނަ ޔުނިޓްވިއްކާފައިވާ، އަދި ޖަޕާނާއި އާސިޔާނުގެ ގައުމުތަކުން 1ވަނަ އެއަރޕިޔުރިފަރ ބްރޭންޑެވެ.

ވައިގެ ތެރެއަށް ޕޮސިޓިވް އަދި ނެގެޓިވް އަޔޯން ދޫކޮށްލާ މި ހާއްސަ ޓްކްނޮލޮޖީގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެއެވެ. ޝާރޕް އެއަރ ޕިޔުރިފަޔަރ އިން %99 ބެކްޓީރިއާ އަދި ވައިރަސް، "އެއަރބޯން މޯލްޑް" އަދި ވަސްނައްތާލަދެއެވެ. އަދިމީގައިވާ "ޓްރޫ ހެޕަރ ފިލްޓަރ" އިން އެލާރޖީ މެދުވެރިކުރުވާ މާއްދާތައް، ހިރަފުސް، ދުން އަދި ޖަނަވާރުގެ ސަބަބުން އުފެދިދާނެފަދަ ޖަރާސީމް ނައްތާލަދެއެވެ.

ހަމަމިއާއި އެކު ޝާރޕްގެ އެއަރ ޕިއުރިފަޔާރ ގެ ދެ ރޭންޖެއްގައި މައިދިރި ހިފުމަށް ޚާއްސަ "މޮސްކިޓޯ ކެޗަރ" ހިމެނިގެންވެއެވެ.

ޝާރޕް ރެޑްވޭވުން ލިބިވަޑައިގަންނަވާނީ ސާރވިސް ވޮރަންޓީއާއި އެކުގައެވެ. ސާރވިސް ފޯރުކޮށްދޭނީ ރެޑްވޭވްގެ ޓީމުންނެވެ. ޝާރޕްގެ މި ޕްރޮޓަކްޓްތަކަކީ، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރޝިޕް ގެ ދަށުން ހަމައެކަނި ރެޑްވޭވް ލިބިވަޑައިގަންނަވާނެ ޙާއްސަ، އެކްސްކުލޫސިވް ރޭންޖުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް