ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ކާފަ އިބްރާހިމް ދީދީގެ އަންހެނުން އަދި އެ ކުއްޖާގެ މާމަ އަދާ ކުރަމުންދިޔަ ސަރުކާރުގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
އޭނާ މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފިޔަވަތީ ގައި އެވެ. އޭނާ އަކީ އެތަނުގައި ކުޑަކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ މިނިސްޓްރީން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން، ފިޔަވަތީގެ މުވައްޒަފަކު ގޭގައި މަޑުރަން މިދިޔަ ހުކުރު ދުވަހު އަންގާފައިވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އިބްރާހިމް ދީދީވެސް ވަނީ މުދިންކަމުގެ ވަޒީފާއިން ސަސްޕެންޑުކޮށްފައި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އޭނާ ސަސްޕެންޑު ކުރީ ކުޑަކުއްޖކާއި މެދު ބަދުއަހުލާގީ އަަމަލު ހިންގުމުގެ ތުހުމަތު ކުރެވުމާއި ގުޅިގެން ކަމަށެވެ.
މި މައްސަލައިގަ އެ ކުއްޖާގެ ބައްޕަ އަދި މުނިކާފަވެސް ތިބީ ފުލުހުންގެ ހައްޔަރުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް