ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމީހާ ހައްޔަރު ކުރީ ރޭ11:04 ހާއިރު ކަމަށެވެ. އެއީ އުމުރުން56 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން15 ދުވަސް ބަންދަށް ޖަހައިދީފާވާކަމަށެވެ. އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކޮން ރަށެއްގައިކަން ހާމައެއް ނުކުރެ އެވެ.
ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކަށް ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އެވެ. އެ ކުއްޖާއަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް