ކުރީގެ ބަތަލާ ޝަބާނާ އަޒްމީއަށް ކާރު އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝަބާނާ އަޒްމީ އާއި ފިރިމީހާ ޖާވިދް އަހްތަރު ދުއްވި ކާރު ނުރައްކާތެރި އެެކްސިޑެންޓެއް ވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެކްސިޑެންޓުވެފައިވަނީ މުމްބާއީ ޕޫނޭ އެކްސްޕްރެސް ހައ...

19 Jan 2020 | 03:11

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝަބާނާ އަޒްމީ އާއި ފިރިމީހާ ޖާވިދް އަހްތަރު ދުއްވި ކާރު ނުރައްކާތެރި އެެކްސިޑެންޓެއް ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެކްސިޑެންޓުވެފައިވަނީ މުމްބާއީ ޕޫނޭ އެކްސްޕްރެސް ހައިވޭ ގައި އެވެ. ދެމަފިރިން ދުއްވި ކާޜު ޓްރަކެއްގައި ޖެހި އެކްސިޑެންޓުވީ އިއްޔެ ހަވީރު އެވެ.

މިހާދިސާގައި ޝަބާނާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބިގެން ފަރުވާދިނެވެ. އޭނާ އެޑްމިޓްކޮށްފައި އޮތް ކޮކިލަބަން އަންބާނީ ހޮސްޕިޓަލުން ފަހުން ބުނެފައިވަނީ ފަރުވާއަށްފަހު މިހާރު ޝަބާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ބޮލަށް ސީރިއަސް ގެންލުންތަކެއް ލުބުނު އިރު ބުރަކައްޓަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އެހެންވެ އޭނާ ހޮސްޕިޓަލުން ދޫކޮށްލެވޭނެ ދުވަހެއް ނޭނގެ އެވެ.

މި އެކްސިޑެންޓުގައި ޖާވީދަށް މާބޮޑު އަނިޔާއެއް ވެފައެއްނުވެ އެވެ.

އުމުރުން69 އަހަރުގެ ޝަބާނާގެ ކާރު އެކްސިޑެންޓާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިން ދަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް