މޫނު ބުރުގާ އެޅުމުން ވަޒީފާ ނުލިބޭ ނުލިބުން ތޮއްޑޫ ސްކޫލާއި ހަމައިން ނިމުމަކަށް

މޫނު ބުރުގާ އަޅައިގެން އުޅޭ މީހަކަށް ތޮއްޑޫ ސުކޫލުން ވަޒީފާ ދީފިއެވެ. "ތޮއްޑޫ ޓައިމްސް" ގައި ބުނެފައިވާ ގޮތުގައި، އއ.ތޮއްޑޫ ސުކޫލުން ޓީޗަރެއްގެ ވަޒީފާ ދީފައިވާ މޫނު ބުރުގާ އެޅި މީހަކީ، ޑިޕްލޮމަރ ފުރިހ...

19 Jan 2019 | 16:04

މޫނު ބުރުގާ އަޅައިގެން އުޅޭ މީހަކަށް ތޮއްޑޫ ސުކޫލުން ވަޒީފާ ދީފިއެވެ.

"ތޮއްޑޫ ޓައިމްސް" ގައި ބުނެފައިވާ ގޮތުގައި، އއ.ތޮއްޑޫ ސުކޫލުން ޓީޗަރެއްގެ ވަޒީފާ ދީފައިވާ މޫނު ބުރުގާ އެޅި މީހަކީ، ޑިޕްލޮމަރ ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށެވެ. އަދި މާދަމާ އެމީހާ ރަސްމީކޮށް ވަޒީފާއަށް ނިކުންނަ ފަށާނެ ކަމަށްވެސް ތޮއްޑޫ ޓައިމްސް ގައި ބުނެފައި ވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި، މޫނު ބުރުގާ އަޅައިގެން އުޅޭ ގިނަ ފަރާތްތައް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް މޫނު ބުރުގާ އަޅައިގެން އުޅުއްވާ މީހުންނަށްވެސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވަޒީފާ ހޯއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެފައެވެ.

ރާއްޖެ އެމްވީ ނޫހަށް އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ސުކޫލުގެ އިސް މުވައްޒިފެއް ވިދާޅުވިގޮތުގައި، ކިޔަވައިދިނުމަށް ގާބިލް މުދައްރިސުން ބަލާނީ އަޅައި ހެދުމަކުން ނޫން ކަމަށާއި އަދި އެންމެންގެ މެދުގައިވެސް ހަމަހަމަ ކަން ގާއިމްކުރެވިފައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިކަމާއި ގުޅިގެން މީސް މީޑިއާގައިވެސް ވަރަށް ގިނަ ބަޔަކު ދަނީ މިކަމަށް ތައުރީފް ކުރައްވާ ވާހަކަދައްކާފައެވެ. އަދި ސަރުކާރުގެ މި ސިޔާސަތަށްވެސް ވަރަށް ތައުރީފް ކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް