މަޖިލީސް އިންތިހާބަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް އިލެކްޝަންސް ކޮނިޝަނުން މިއަދު ފ.ނިލަންދޫގައި ފަށައިފިއެވެ. އޮންލައިން ނޫހެއް ކަމަށްވާ "ވަންއޮންލައ...

19 Jan 2019 | 11:28

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް އިލެކްޝަންސް ކޮނިޝަނުން މިއަދު ފ.ނިލަންދޫގައި ފަށައިފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ރައްޔިތުން ހޭލުންތެރިކުރުވަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި، މޮނީޓަރުންނާއި، އޮބްޒާވަރުންނާއި، މަންދޫބުންގެ ދައުރާއި، ރީ- ރެޖިސްޓްރޭޝަންގެ ކަންތައްތަކާއި، ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ކަންކަމާއި، ޝަކުވާގެ ނިޒާމު އިންތިޒާމުވެފައި އޮންނަ ގޮތާއި، ގާނޫނާއި އިންތިޚާބުގެ ކުށް ތަކާއި، އަދަބުތަކާއި، ކެންޑިޑޭޓުން ފުރާން ޖެހޭ ފޯމުގެ ކަންކަމާއި، ވޯޓުލާ ދުވަހުގެ ކަންކަމާ ބެހޭގޮތުން މައުލޫމާތު ދިނުން ހިމެނެއެވެ.

އެ ޕްރޮގުރާމުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ ބޭފުޅުން ކަމަށާއި، ފ.ނިލަންދޫގެ އިތުރުން ނުވަ އަތޮޅެއްގެ 28 ރަށެއްގައި މި ޕްރޮގުރާމު ކުރިޔަށް ދާނެކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް