އެމްޑީޕީ ޕްރައިމަރީގެ ބިލަތްފަހީ ވޯޓް އޮޅުވާލި ކަމަށް ތުހުމަތު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެނޑިޑޭޓުން ހޮވުމަށް އިއްޔެ އެމްޑީޕީގެ ފަރާތުން ބޭއްވި ޕްރައިމަރީގައި، ށ.ބިލަތްފަހީގެ ވޯޓް ފޮށި އޮޅުވާލާފައިވާ ކަަމަށް ތުހުމަތު ކޮށްފިއެވެ. ޕްރައިމަރީގައި ބިލަތްފަ...

19 Jan 2019 | 11:10

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެނޑިޑޭޓުން ހޮވުމަށް އިއްޔެ އެމްޑީޕީގެ ފަރާތުން ބޭއްވި ޕްރައިމަރީގައި، ށ.ބިލަތްފަހީގެ ވޯޓް ފޮށި އޮޅުވާލާފައިވާ ކަަމަށް ތުހުމަތު ކޮށްފިއެވެ.

ޕްރައިމަރީގައި ބިލަތްފަހީ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ވަދާކޮށްފައިވަނީ، އަމީން ފައިސަލާއި އަދި އަބްދުﷲ ޝަހީމެވެ. މި ޕްރައިމަރީ ކާމިޔާބް ކޮށްފައިވަނީ އަބްދުﷲ ޝަހީމެވެ. އަދި އެއީ ހަ ވޯޓްގެ ތަފާތަކުންނެވެ. ޝަހީމަށް 462 ވޯޓް ލިބިފައިވާއިރު އަމީނަށް ލިބިފައިވަނީ 456 ވޯޓެވެ.

އަމީން ފައިސަލްގެ އިންތިހާބީ އެޖެންޓަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، ރަށުގައި އެދުވަހު ނެތް 11 މީހުންގެ އައިޑީކާޑް ހިފައިގެން ގޮސް އެހެން ބަޔަކު ވަނީ އެމީހުންގެ ނަމުގައި ވޯޓްލާފައިކަމަށެވެ. އެމީހުންނަކީ ރަށަށް ރަޖިސްޓްރީ ކޯށްފައިވާ ބަޔަކަށް ވީނަމަވެސް އެމީހުން މިވަގުތު ތިބީ މާލޭގައާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވިގޮތުގައި، އެ 11 މީހުންނަކީ އާއްމު ކޮށް ރަށަށް އައިސް ނޫޅޭ ތިންމީހުންނަށް ވުމުން، ވޯޓުލާތާ ހަރަކާތްތެރި ވިކުދިންނަށް، އެއީ ސީދާ ވަކި ކާކު ކަމެއް ނޭގުނީ ކަަމަށެވެ.

ސަލީމު ބުނި ގޮތުގައި މިހާރު އެކަން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ހިއްސާކުރަމުން ދާކަމަށެވެ. އޮންލައިން ނޫހަކުން ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބްދުﷲ ޝަހީމް އާއި އެކަމާއި ބެހޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވީ، ވޯޓް އޮޅުވައިލާ އެކަހަލަ ކަމެއް ކުރި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް