ފަތުރުވެރިއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ޕެރަޑައިސް ރިސޯޓަށް އައިސް އުޅުނު ފަތުރުވެރިއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓަށް އައިސް އުޅުނު ފަތުރިވެރިއަކ...

19 Jan 2019 | 11:00

ޕެރަޑައިސް ރިސޯޓަށް އައިސް އުޅުނު ފަތުރުވެރިއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓަށް އައިސް އުޅުނު ފަތުރިވެރިއަކު މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު މިއަދު 3:15 ހާއިރު ލިބިފައިވާކަމަށެވެ.

މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 84 އަހަރުގެ ޗެކް ރިޕަބްލިކް ފިރިހެނެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މަރުވި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސް އޭޑީކޭއަށް ގެންދެވިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް