ރައީސް އިސްވެ ލީޑަރުންގެ މެދުގައި އަވަސް މަޝްވަރާތަކެއް ބޭއްވުން ރަނގަޅު: އަލީ ހުސެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ލީޑަރުންގެ މެދުގައި އަވަސް މަޝްވަރާތަކެއް ބޭއްވުން ރަނގަޅު ކަމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ. އަލީ ހުސައިން މިހެ...

19 Jan 2019 | 10:24

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ލީޑަރުންގެ މެދުގައި އަވަސް މަޝްވަރާތަކެއް ބޭއްވުން ރަނގަޅު ކަމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ކޯލިޝަންތެރޭގައި އޮތް ގުޅުން ހީނަރުވެ، ޖޭޕީއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއާއެކު އޮތް އެއްބަސްވުން ރޫޅާލައި އެހެން ޕާޓީތަކާއެކު މަޝްވަރާއަށް ނިކުންނަން ތައްޔާރަށް ތިއްބެވި ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެންނެވެ.

އުދަނގޫ ކޮންމެ ވަގުތަކުވެސް ވިސްނުން އިސްކުރަން ޖެހޭ ކަމަށާއި، އަދި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރީއްޔާ އިސްވެ، ލީޑަރުންގެ މެދުގައި އަވަސް މަޝްވަރާތަކެއް ބޭއްވުން ރަނގަޅުވާނެ ކަމަށް ވެސް އަލީ ހުސްއިން ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ ޖޭޕީ މެމްބަރު އަބްދުއް ލަތީފު ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ގޮތަށް މަޖިލީހަށް ބިލް ހުށަހަޅުއްވައި،  އެ ބިލް ފާސްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ބިލް އަނބުރާ ނުނަންގަވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އިން ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

އެބިލަށް ރައްދު ދެއްވަމުން، މިއީ ޖޭޕީއިން އިސްވެ އޮވެ ކުރަމުންދާ ކަމެއްކަމަށް އެމްޑީޕީ އިން ތުހުމަތު ކޮށްފައި ވާއިރު، އެކަމާއި ގުޅިގެން ގާސިމް ވަނީ އެމްޑީޕީއާއި ޖޭޕީއާއި ދެމެދު ޕާލަމެންޓަރީ ގުޅުންތަކެއް ނެތް ކަމަށް ސިފަ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް