އެއް އަމާޒަކީ ސަރުކާރު އަގުލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިހާބު ކުރުން ކަމުގައި ސަރުކާރު ކޯލީޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީގެ ފަރާތުން ކުރެއްވި ޓުވީޓެއްގައި، ބުނެފައިވާ ގޮތުގައި އަދާލަތު ޕާޓީގެ މުހިންމު އެއް އަމާޒަކީ ސަރުކާރާއި އެކީ ކޯލިޝަން ދަމަހައްޓައި، އަދި ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިހާބު ކުރުން ކަމަށެވެ. އަދި ގައުމުގެ މަސްލަހަތަށާއި، އަދި ޕާޓީގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އަދާލަތު ޕާޓީން އަބަދުވެސް އިސްކަމެއް ދޭ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، މި ދަނޑިވަޅަކީ ޕާޓީގެ މަސްލަހަތަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތަށް އިސްކަން ދޭން ޖެހޭ ދަނޑިވަޅެއް ކަމަށެވެ. އަދި ކޯލިޝަން ރޫޅައި ނުލައި ކުރިއަށް ދިއުމަކީ ހަތަރު ޕާޓީގެވެސް ވާޖިބެއް ކަމަށެވެ.
ކޯލަޝަންގެ އެންމެ ވަރުގަދަ ދެ ޕާޓީ ކަމަށްވާ ޖޭޕީއާއި އަދި އެމްޑީޕީ އާއި ދެމެދު މިވަނީ ދެބަސްވުންތަކެއް އުފެދި ކޯލިޝަން އިން ޖޭޕީ ވަކިވާ ހިސާބަށް ގޮސްއެވެ. ދެބަސްވުންތައް ބޮޑުވީ މަޖިލިސް އިންތިހާބުގެ އެއް ދާއިރާ ނުން ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ފަރާތުން ކެނޑިޑޭޓުން ނެރޭތީއެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި، މަޖިލިސް އިންތިހާބަށް ޖޭޕީން އެމްޑީޕީ އާއި އެކީ ހަދާފައިވާ ކޯލިޝަން ރޫޅައިލައި، އެހެން ޕާޓީތަކާއި އެކީ ކޯލިޝަން ހަދަން ތައްޔާރަށް ހުރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް