ލ. ފޮނަދޫ، ކައްދޫ، މާންދޫ އަދި ގަން ގުޅުވައިދޭ ލާމު ލިންކްރޯޑްގައި މިއަދު ހިނގި އެކްސިޑެންޓެއްގައި 56 އަހަރުގެ ފިރިހެނަކު ޒަހަމްވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ލ. ކައްދޫ އެއާޕޯޓް ކުރިމަތިން ސައިކަލަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ވެފައިވާކަމުގައި މައުލޫމާތު މިއަދު 12:15 ހާއިރު ލިބިފައިވާކަމަށެވެ.
"މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއަށް. މި މީހާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 56 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ ކޮނޑުހުޅުން ބިންދައިގެންގޮސް މޭ މައްޗަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް