ރޭގެ މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

ކާނިވާ ސަރަހައްދުގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގު...

19 Jan 2019 | 06:10

ކާނިވާ ސަރަހައްދުގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ރޭ 12:05 ހާއިރު ހިންގި އެ މާރާމާރީގައި 18 އަހަރު ނުފުރޭ ކުއްޖަކު ޒަހަމްކޮށްލާފައިވެއެވެ. އެ ކުއްޖާއަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު އަދި އެނގޭގޮތެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް