މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ވެރިކަން ލިބުނީމާ މިފަހަރުވެސް ޖުމްހޫރީ ޕާޓީ(ޖޭޕީ) މަގުމައްޗަށް ނެރެ އެއްލާލައިފި ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ މަގުމައްޗަށް ނެރެ އެއްލާލީމާ ޖޭޕީއަށް މި ޖެހުނީ މިފަހަރުވެސް ސަލާމް ޖަހަން ކަމަށާއި މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ މިހާރު ވަނީ ތައްޔާރުވެފައި ކަމުގައިވެސް ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު ކޯލީޝަނުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ހުރިހާ ޕާޓީތަކެއް ގުޅިގެން ޕާޓީތަކަށް ބަހާލައިގެން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރުމަށެވެ. ނަމަވެސް ހުރިހާ ގޮނޑިތަކަށް ވާދަކުރަން އެމްޑީޕީން ނިންމައި އެޕާޓީން މިހާރު މިވަނީ ޕްރިމަރީވެސް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް