މިއަދު ހެނދުނު މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 07:05ގައި މަސް މާރުކޭޓު ކައިރީގައި އެކްސިޑެންޓެއް ހިނގި ކަމަށެވެ. އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެން ކަމަށް ބުނެފައިވެއެވެ.
"ސީންގައި އެކްސިޑެންޓް ވި މީހާގެ ވިންދު ނުޖަހާ ކަމަށް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ނަމަވެސް ފަހުން ހޮސްޕިޓަލަށް ގެންގޮސް މީހާގެ ވިންދު ޖަހާކަމަށް ޑޮކްޓަރުގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެކްސިޑެންޓްވި އިރު ސައިކަލުގައި އިނީ 17 އަހަރުގެ ކުއްޖެއް ކަމަށާއި އެކުއްޖާގެ ހާލު ކްރިޓިކަލް ކަމަށެވެ.
އެކްސިޑެންޓްވި ސައިކަލުގެ ފޮޓޯއެއް ސޯޝަލް މީޑިއާއިން ލިބިފައިވާއިރު ފޮޓޯއިން ފެންނަ ގޮތުގައި ސައިކަލުގެ ކުރި އެކުގައިހެން އޮތީ ފުނޑުފުނޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް