މާރާމާރީއެއް ހިންގައި 18 އަހަރު ނުފުރޭ ކުއްޖަކު ޒަހަމްކޮށްލައިފި

ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި، އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖަކު ޒަހަމްކޮށްލައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ރޭ 12:05 ހާއިރު ކާނިވާ ސަރަހައްދުގައި މާރާމާރީއެއް ހިންގައި...

19 Jan 2019 | 03:48

ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި، އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖަކު ޒަހަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ރޭ 12:05 ހާއިރު ކާނިވާ ސަރަހައްދުގައި މާރާމާރީއެއް ހިންގައި އަނިޔާވީ 18 އަހަރު ނުފުރޭ ކުއްޖަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށެވެ.

އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މާރާމާރީގައި 18 އަހަރުން ދަށުގެ ކުއްޖަކު ޒަހަމްވެފައިވާއިރު މީގެ ތިން ދުވަސް ކުރިން ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައިވެސް އުމުރުން 18 އަހަރު ނުވާ ކުޑަ ދެކުދިން ޒަހަމްކޮށްލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް