ސައުދީ ކަނބަލުން ކައިވެނި ކުރާ އުމުރު އެނގޭތަ !؟

ސައުދީ ޖެނެރަލް އޮތޯރިޓީ ފޯރ ސްޓެޓިސްޓިކްސް އިން ދާދި ފަހުން ކޮށްފައިވާ ދިރާސާއަކުން ގިނަބަޔަކު އަޖަބުވާފަދަ ނަތީޖާއެއް މިވަނީ ލިބިފައެވެ. މިނަތީޖާއިން ދައްކާގޮތުގައި ސައުދީގެ ގިނަ ފިރިހެނުން ކައިވެނި...

19 Jan 2018 | 06:07

ސައުދީ ޖެނެރަލް އޮތޯރިޓީ ފޯރ ސްޓެޓިސްޓިކްސް އިން ދާދި ފަހުން ކޮށްފައިވާ ދިރާސާއަކުން ގިނަބަޔަކު އަޖަބުވާފަދަ ނަތީޖާއެއް މިވަނީ ލިބިފައެވެ.

މިނަތީޖާއިން ދައްކާގޮތުގައި ސައުދީގެ ގިނަ ފިރިހެނުން ކައިވެނިކުރަނީ އުމުރުން 25 އަހަރުގައެވެ. އަދި  ގިނަ އަންހެން ކަނބަލުން ކައިވެނިކުރަނީ އުމުރުން އެންމެ 20 އަހަރުގައެވެ.

މިދިރާސާއިން ދައްކާގޮތުގައި މީގެ ކުރިން ސައުދީގައި ކައިވެނި ކުރި ކަނބަލުންގެ ތެރެއިން 46% މީހުން ކައިވެނިކޮށްފައިވަނީ އުމުރުން 20 އަހަރު ފުރުމުގެ ކުރިންނެވެ. މީގެ އިތުރުން ސައުދީ ކޮންމެ 100 މީހުންގެ ތެރެއިން 46 މީހުން އުމުރުން 20 އަހަރުގެ ކުރީގައި ކައިވެނިކުރިކަން ސާބިތުވެއެވެ.

އަނެއްކޮޅުން ބަލާއިރު އުމުރުން 32 އަހަރުވުމުން ސައުދީ ކަނބަލުންނަށް ކައިވެނި ކުރެވުމުގެ ފުރުޞަތު ކުޑަވާކަންވެސް މިދިރާސާއިން އެނގެއެވެ.

ކަންމިހެން ހުރުމާއެކު ސައުދީ ކަނބަލުން އުމުރުން 20 އަހަރުގެ ކުރީގައި ކައިވެނިކުރުން މުހިންމު ކަމުގައި މި ނަތީޖާގެ އަލީގައި ފެނެ އެވެ. 2,237,983 ސައުދީ އަންހެނުންގެ ތެރެއިން 230, 512 އަންހެނުންނަކީ ކައިވެނިނުކޮށް ތިބި ކަނބަލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް