އުރުދުންގެ ތިން މީހަކު މަރާލުމަށްފަހު އިޒްރޭލުން މައާފަށް އެދިއްޖެ

އިޒްރޭލުގައި ތަފާތު ތިން ހާދިސާއެއްގައި އުރުދުންގެ ތިން މީހަކު މަރާލާފައިވާއިރު، މި ތިން މަރަށް އިޒްރޭލު ސަރުކާރުން ރަސްމީ ސިފައެއްގައި މައާފަށް އެދިއްޖެ އެވެ. މި ތިން ހާދިސާގެ ތެރޭގައި ހިމެނެނީ ނިމިދ...

19 Jan 2018 | 05:43

އިޒްރޭލުގައި ތަފާތު ތިން ހާދިސާއެއްގައި އުރުދުންގެ ތިން މީހަކު މަރާލާފައިވާއިރު، މި ތިން މަރަށް އިޒްރޭލު ސަރުކާރުން ރަސްމީ ސިފައެއްގައި މައާފަށް އެދިއްޖެ އެވެ.

މި ތިން ހާދިސާގެ ތެރޭގައި ހިމެނެނީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު، އެޕާޓްމެންޓަކަށް ފަރުނީޗަރު ހިފައިގެންދިޔަ އުރުދުންގެ މީހަކަށް، އިޒްރޭލު އެމްބަސީގެ ސެކިއުރިޓީ އޮފިސަރު ދިން ހަމަލާއެއްގައި އުރުދުންގެ މީހާ މަރުވި ހާދިސާ އާއި އެ އެޕާޓްމެންޓްގެ ވެރިޔާ މަރާލި މައްސަލަ (އެ އެޕާޓްމެންޓްގެ ވެރިޔާ އަކީވެސް އުރުދުންގެ ރައްޔިތެއް) އަކާއި އުރުދުން އަދި އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދުގައި އުރުދުންގެ ޖަޖަކަށް ހަމަލާދީ މަރާލި މައްސަލަ އެވެ.

މި ތިން މައްސަލައިގާ މައާފަށް އެދި އިޒްރޭލު ސަރުކާރުން އުރުދުން އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މީހުންގެ އާއިލާތަކަށް އިޒްރޭލުން ބަދަލު ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް