ތޫފާން "ރައި" ގައި ފިލިޕިންސްއިން މަރުވި މީހުންގެ އަދަދި 23ށް އަރައިފި

ފިލިޕިންސްއަށް މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާން "ރައި" ގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި އެވެ. މި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ފިލިޕިންސްގެ މޫދު ހިމެނޭ ގޮތަށް ހަދާފައިވާ...

18 Dec 2021 | 08:20

ފިލިޕިންސްއަށް މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާން "ރައި" ގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި އެވެ.

މި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ފިލިޕިންސްގެ މޫދު ހިމެނޭ ގޮތަށް ހަދާފައިވާ މަޝްހޫރު ރިސޯޓުތައް ހިމެނޭ ސަރަހައްދުތަކަށެވެ. ތޫފާނާއި ގުޅިގެން އެ ސަރަހައްދުތަކުގައި ދިރިއުޅޭ 30،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފަވެ އެވެ.

އެމީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ އަވަށްތަކުގެ ކަރަންޓު ކެނޑި ގެތަކާއި ބޮޑެތި ގަސްތައް ބިމާ ހަމަވެފައިވާއިރު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

ބުރާސްފަތި ދުވަހު ތޫފާނު އެރި ވަގުތު 195 މޭލު ބާރު މިނުގައި ވައިޖެހިފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް