އިސްދޫ ބަނދަރުގެ ބައެއް މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

ލ. އިސްދޫގެ ބަނދަރުގެ ބައެއް މަސައްކަތްތައް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. 34 މިލިއަން ރުފިޔާއަށް އެ ކުންފުންޏާއި ހަވާލުކުރި މި މަޝްރޫއުގައި ހިމެނެނީ އެ ރަށު ބަނދަރުގައި ބޭރު ތޮއްޓަކާއި 48 މީޓަރުގެ އ...

18 Dec 2019 | 14:57

ލ. އިސްދޫގެ ބަނދަރުގެ ބައެއް މަސައްކަތްތައް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

34 މިލިއަން ރުފިޔާއަށް އެ ކުންފުންޏާއި ހަވާލުކުރި މި މަޝްރޫއުގައި ހިމެނެނީ އެ ރަށު ބަނދަރުގައި ބޭރު ތޮއްޓަކާއި 48 މީޓަރުގެ އެއްގަމު ތޮށި ލުމެވެ. އަދި ރިވެޓްމެންޓް ޖެހުމެވެ.

ނެޝެނަލް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

މީގެ އިތުރުން ރ. އަލިފުއްޓާއި ރ. ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިނާއި އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލަން ހަދާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސަމެންޓް (އީއައިއޭ) ހެދުން ލޭންޑް އެންޑް މެރިން އެންވަޔަރަމެންޓަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިން ރިޔަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއު ފުރިހަމަ ކުރުމަށް ދޮޅު މަސް ދުވަސް ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، މި މަސައްކަތަށް ކަނޑައަޅާފައިވަނީ 272،208 ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް