އައްޑޫސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި 64 އަހަރުގެ މީހެއްގެ ފައި ބިނދިއްޖެ

އައްޑޫސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި 64 އަހަރުގެ މީހެއްގެ ފައި ބިންދައިގެން ހިނގައްޖެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރު ގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ޣާޒީ މ...

18 Dec 2019 | 14:39

އައްޑޫސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި 64 އަހަރުގެ މީހެއްގެ ފައި ބިންދައިގެން ހިނގައްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރު ގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ޣާޒީ މަގުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލު، އައި ކޮޅަށް އަނބުރާލަން އުޅުނުގެ ތެރޭގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

އެކްސިޑންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 16:08 ގައި ކަމަށާއި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 64 އަހަރުގެ މީހާގެ ކަނާތު ފައި ބިންދައިގެންގޮސް، ނިއްކުރިމަތި މަށައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ދެން އިން ސައިކަލު ދުއްވަން އިނީ އުމުރުން 25 އަހަރުގެ މީހާއަށްއެއްވެސް އަނިޔާއެއް ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ64 އަހަރުގެ މީހާގެ އަތުގައި ލައިސަންސް އޮތް ނަމަވެސް25 އަހަރުގެ މީހާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށެވެ.

މި އެއްސިޑެންޓުގައި ދެސައިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް