މާލޭގައި ބާއްވާ އެންމެބޮޑު ނައިޓް މާކެޓް އަންނަ މަހު ބާއްވަނީ

މާލޭގައި ބާއްވާ އެންމެބޮޑު ނައިޓް މާކެޓް އަންނަ މަހު ބާއްވަން ނިންމައިފިއެވެ. ސްކައި ލައިޓްގެ ފަރާތުން ބާއްވާ " މާލެސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް" އޮންނާނީ ޖެނުއަރީ މަހުގެ 3 ން 10 އަށް ރަސްފަންނުގައެ...

18 Dec 2019 | 09:09

މާލޭގައި ބާއްވާ އެންމެބޮޑު ނައިޓް މާކެޓް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

ސްކައި ލައިޓްގެ ފަރާތުން ބާއްވާ " މާލެސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް" އޮންނާނީ ޖެނުއަރީ މަހުގެ 3 ން 10 އަށް ރަސްފަންނުގައެވެ.

މި ނައިޓް މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު މެންދުރުން ފެށިގެން ހުޅުވާލާފައިވާ އިރު، މި ނައިޓް މާކެޓްގައި 230 ސްޓޯލު ހުންނާނެ ކަމަށް ސްކައި ލައިޓުން ބުނެއެވެ. އަދި ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތައް ހުންނާނެ ކަމަށް ބުންޏެވެ.

ސްޓޯލަށް އެދި ހުށަހަޅާ ތަރުތީބުން ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، މާދަމާ ހެނދުނު 9އަކުން ރޭގަނޑު 9އަކަށް ސްކައި ލައިޓް ސޭލްސް އޮފީހުންވެސް ސްޓޯލްތައް ދޫކުރާނެ ކަމަށް އެފަރާތުން ބުންޏެވެ.

މި ނައިޓް މާކެޓް ކުރިއަށްދާނީ އާ އަހަރާ ގުޅުވައިގެން ފެސްޓިވަލެއްގެ ގޮތުގައި ކަަމަށާއި މިއީ މާލޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ނައިޓް މާކެޓަށްވާނެ ކަމަށްވެސް ސްކައި ލައިޓުން ބުނެއެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް އެ ސަރަހައްދުގައި ބާއްވާނެ ކަމަށާއި ނައިޓް މާކެޓަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ލަކީ ޑްރޯތައް ނެގުމަށް ނިންމާފައިވާ ކަމަށްވެސް ސްކައި ލައިޓުން ބުނެއެވެ.

އެފަރާތުން ބުނީ މި ލަކީ ޑްރޯތަކުގައި ހޮވާލެވޭ މީހުންނަށް ގިނަ އަދަދެއްގެ އަގުހުރި އިނާމްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް