އެމްއާރުއެމްގެ ފަރާތުން ރައީސް ސޯލިހާ ބައްދަލުކުރައްވައި އެމަނިކުފާނަށް ތަހުނިޔާ ދަންނަވައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީގެ ފަރާތުން ބޭފުޅުންކޮޅެއް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ވެރިކަމަށް އެއް އަހަރު ފުރުމުގެ މުނާސަބަތ...

18 Nov 2019 | 17:19

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީގެ ފަރާތުން ބޭފުޅުންކޮޅެއް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ވެރިކަމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނަށް ތަހުނިޔާ ދަންނަވައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމްއާރުއެމްގެ ފަރާތުން ރައީސް ސޯލިހާއި ބައްދަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިޝް މައުމޫން އާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އައިމިނަތު ނާދިރާ އާއި އަބްދުލް އަލީމެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެމްއާރުއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއާރުއެމްގެ މި ބައްދަލުވުމަކީ ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރަށް އަހަރެއް ވުމާއި ގުޅިގެން އެކަމުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލު ވުމެއް ކަމަށެވެ.

ރައީސް ސޯލިހްގެ ކޯލީޝަން ސަރުކާރަށް އެމްއާރުއެމްގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަނ އެމްއާރުއެމްގެ ފަރާތުން ރައީސް ސޯލިހަށް އަރުވާފައިވާނެ ކަމުގައިވެސް ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް