ދެފަނޑިޔާރުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ. މި ދެބޭފުޅުން ފަނޑީޔާރުކަމުން ވަކި...

18 Nov 2019 | 08:55

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

މި ދެބޭފުޅުން ފަނޑީޔާރުކަމުން ވަކިކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިއަދު ނެގި ވޯޓުގައި މިދެބޭފުޅުން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވަނީ ވޯޓު ދީފައެވެ.

"އެހެންކަމުން މިނަތީޖާ އާއި އެކީ ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އަލްއުސްތާޛް އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިވެއްޖެ" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުނެގް މަޖިލީހުގެ މިއަދުގެ އެޖެންޑާގައިވާ ގޮތުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ބަޔާން ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ މަޖިލީހުގެ ތަޅުމަށް އވަނީ އިއްވާފައެވެ. މިމައްސަލަ ދިރާސާ ކުރުމަށްފަހު އެ ކޮމިޓީން ވެސް ވަނީ ދެފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމާފަ އެވެ.

ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން މިއަދު ވަކިކުރާއިރު ދެބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ޖޭއެސްސީން އެބޭފުޅުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައި ވަނީ އިޖުރާޢަތުތަކާއި ހިލާފަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް