އުމްރާގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އިތުރު ހަ ކުންފުންޏަކަށް ހުއްދީ ދީފި އެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން އިސްލާޟިކް މިނިސްޓްރީން އިތުރު ހަ ކުންފުންޏަކަށް ހުއްދަ ދީފައި މިވަނީ އެއުސޫލުގައި ވާގޮތުގެ މަތުން ދެއަހަރު ދުވަހަހަށެވެ.
މިނިސްޓްރީން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ:
- ޢަރަފާތު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް
- ނިމްސާ އަލް ޙައްޖު ވަލް ޢުމްރާ
- އަލް ބްރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
- ޤާފިލާ ޙައްޖު އެންޑް ޢުމްރާ
- އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ
- އަސްކޮއި ޙައްޖު އެންޑް ޢުމްރާ އަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ މިހާތަނަށް 25 ކުންފުންޏަކަށް މިވަނީ މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް