ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި ރައީސް އޮފީހުގެ މުވައްޒަފުންނާ ރައީސް ބައްދަލުކުރައްވައިފި

ދިވެހި ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތާއި ގުޅިގެން ރައީސް އޮފީހުގެ މުވައްޒަފުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި މިބައްދ...

18 Nov 2019 | 08:26

ދިވެހި ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތާއި ގުޅިގެން ރައީސް އޮފީހުގެ މުވައްޒަފުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުގެ ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގައި އޮފީހުގެ މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރިޔަށް އޮތް އަހަރުތަކުގައިވެސް ސަރުކާރުގެ މުހިންމު އަމާޒުތަކަށް ވާސިލްވުމުގައި މުވައްޒަފުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސް ވަނީ ރައީސް އޮފީހުގައި ގިނަދުވަސްވީ މުވައްޒަފުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރު ލެއްވުން ފާހަގަކުރައްވައި ވަކިން ޚާއްސަ ޝުކުރެއް އެބޭފުޅުންނަށް ދަންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް