ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ގޮޓަބަޔާ ރާގަޕަކްސަ އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
މިއަދު ލަންކާގެ ގަދީމީ ވެރިރަށެއް ކަމަށްވާ އަނޫރާދަޕޫރާގައި ހުންނަ ބުޑިސްޓު ފައްޅިއެއްގައި ގޮޓަބަޔާ ހުވާކުރެއްވިއިރު، މި ރަސްމިއްޔާތުގައި ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ބައިވެރިވެވަޑައިގެންނެވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގޯޓާބަޔަ ކާމިޔާބު ކުރެއްވީ 6.9 މިލިއަން (52.25 ޕަސެންޓު) ވޯޓާއެކުގަ އެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ޔޫއެންޕީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސައަށް ލިބުނީ 5.6 މިލިއަން (41.99 ޕަސެންޓު) ވޯޓެވެ. ލަންކާގައި އިއްޔެ ބޭއްވި އިންތިޚާބުގައި ގާތްގަނޑަކަށް 16 މީލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އޭގެތެރެއިން ވޯޓުލާފައި ވަނީ 80 އިންސައްތަ މީހުން ކަމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.
އިއްޔެ ގޮޓަބަޔާ އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރެއްވިތާ ދެގަޑިއެއްހާއިރު ފަހުން އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ވަނީ ނާކާމިޔާބު ގަބޫލު ކުރައްވާ އެކަން އިއުލާނު ކުރައްވާފަ އެވެ. އޭނާ ވަނީ ގޮޓަބަޔާ އަށް މަރުޚަބާ ވެސް ދަންންވާފަ އެވެ.
އިންތިޚާބުން ބަލިވުމުން ސަޖިތު ވަނީ ޔޫއެންޑީޕީގެ ޑެޕިއުޓީ ލީޑަރުކަމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.
އިންތިހާބު ކާޟިޔާބީ އިއުލާނުކުރެއްވުމަށްފަހު އިއްޔެ ގޯޓާބަޔާ ވިދާޅުވީ، އޭނާ ވެރިކަން ކުރެއްވުމުގައި ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން، އަދި ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުން ތަފާތު ނުކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް