ބޭންކް އޮފް މޯލްޑިވްސް އިން މޯބައިލް ޕޭ ކަސްޓަމަރުންނަށް އަދި މާޗަންޓުންނަށް ހާއްސަކޮށްގެން ޕްރޮމޯޝަން އެއް ފަށައިފިއެވެ.
ބޭންކުން ބުނެފައިވާގޮތުގައި ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިކްން ޕްރޮމޯޝަންގެ ނަމުގައި ހިންގާ މި ޕްރޮމޯޝަންގައި QR ކޯޑު ސްކޭންކޮށްގެން އަދި ލިންކް ބޭނުންކޮށްގެން ފައިސާ ދައްކައިގެން ތިން ކަސްޓަމަރުން އަދި 3 މާޗަންޓުންނަށް 30،000، 20،000، އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން 5 ކަސްޓަމަރުންނާއި 5 މާޗަންޓުން ހޮވާ ކޮންމެ ފަރާތަކަށް 1000 ރުފިޔާ ވެސް ލިބިގެން ދާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުން ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުރާ ހުރިހާ މާޗަންޓުންނަށް ވަނީ ހުޅުވާލެވިފައި ކަމުގައިވެސް ބީއެމްއެލްއިން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ 17 ޖަނަވަރީ 2020 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް