ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ތަޅުމުގައި ވިދާޅުވި ބަސްފުޅަށް، ރައީސް ޔާމީންގެ ދައުރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ފާޑު ވިދާޅުވެއްޖެއެވެ.
މިހާތަނަށް ފަނޑިޔާރުން ވަކިކޮށްފައިވަނީ ނާތަހުޒީބު ކޮށް ކަމަށާއި މިއަދު ތަފާތުވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވާއިރު އެކަމަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި، ފަނޑިޔާރަކު ވަގަށް ނަގައި މިނިވަންކަން ނިގުޅައިގަތީ ތަހުޒީބު ވެގެންތޯ؟ ސުވާލު އުފައްދާފައިވެއެވެ. އަދި ސުޕްރީމް ކޯޓުގައި އެ ދުވަހު ތަޅު އެޅުވީވެސް ހަމަ ތަހުޒީބު ވެގެންތޯ؟ ސުވާލު ކުރައްވާފައިވެއެވެ. އަދި އަމިއްލަ ހުކުމް ބާތިލުކޮށްދިން ދުވަހު ތިވަރު ރަނގަޅު ފަނޑިޔރުންނެއް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
"އެދުވަހުވެސް މިއަދުވެސް ތިޔަ ދައްކަވަނީ ހުދުމުހުތާރުކަން" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް މިފަދަ ބަސްތަކެއް ރައީސް ނަޝީދަށް ވިދާޅުވެފައިވާއިރު، ނައިބު ރައީސްގެ މަގާމުން ވަކި ކުރުމާއެކު ގައުމު ދޫކުރައްވައި އިންގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި އިރު ސިޔާސީ ކަންކަމުގައި އުޅުއްވީ ރައީސް ނަޝީދާއެކު އަތާއި އަތް ގުޅާލައިގެންނެވެ.
މިހާރު މި އޮތް ކޯލީޝަން ސަރުކާރު އުފެދުނު އިރުވެސް ޑރ. ޖަމީލް ހުންނެވީ ކޯލީޝަނާއެކުގައެވެ. އެހެންނަމަވެސް މިހާރު ފެންނަނީ އިދިކޮޅު އިސް ލީޑަރެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް