އަންނަ މަހުން ފެށިގެން އިންޒާރުގެ ފޮޓޯ ޖަހައިގެން ނޫނީ ސިނގިރޭޓް ނުވިއްކޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ، 1 ޑިސެމްބަރުގެ ފަހުން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭ ވިއްކުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމުގައެވެ. އެޗްޕީއޭ އިން އަންނަ މަހުން ފެށިގެން އިންޒާރުގެ ފޮޓޯ ނުޖަހާ ސިނގިރޭޓް ވިއްކުން މަނާކޮށްފައި ވަނީ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރުމާ ބެހޭ ޤާނޫނޫގެ ދަށުން ކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.
އެޤަވާއިދުގައިވާ ގޮތުގައި، އޮގަސްޓް މަހުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް އިންޒާރުގެ ފޮޓޯ ނުޖަހައި އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންޒާރުގެ ފޮޓޯ ނުޖަހައި ދުންވަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއް ކަމަށް ޤަވާއިދު ބުނެއެވެ.
ދުންފަތުގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުންތައް ދައްކުވައިދޭ އިންޒާރުގެ ފޮޓޯ ޖަހައިގެން އެއެއްޗެހި ވިއްކަން ފަށާފައި ވަނީ މިމަސްތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް