އެޗްޕީއޭގެ ހެޕަޓައިޓިސް ގުޑްވިލް އެމްބެސެޑަރަކަށް މަރިޔަމް މައީޝާ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހެޕަޓައިޓިސް ގުޑްވިލް އެމްބެސެޑަރަކު ކަނޑައަޅައިފިއެވެ. ކަނޑައަޅާފައިވަނީ މިއުޒީޝަން، މަރިޔަމް މައީޝާ އެވެ. މޯލްޑިވިއަން އައިޑަލްގެ އެންމެ ފަހުގެ ސީޒަންގެ ...

18 Nov 2019 | 05:58

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހެޕަޓައިޓިސް ގުޑްވިލް އެމްބެސެޑަރަކު ކަނޑައަޅައިފިއެވެ. ކަނޑައަޅާފައިވަނީ މިއުޒީޝަން، މަރިޔަމް މައީޝާ އެވެ.

މޯލްޑިވިއަން އައިޑަލްގެ އެންމެ ފަހުގެ ސީޒަންގެ ރަނަރއަޕް މައީޝާ، އެޗްޕީއޭއިން އާންމުކުރި ވީޑީއޯއެއްގައި ބުނެފައިވަނީ އޭނާގެ ހިތާ ވަރަށް ގާތް މީހަކު މިހާރުވެސް އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

"އެބަޖެހޭ މަސައްކަތްކުރަން ދެނެގަންނަން، އެފަދަ ބޭފުޅުންނަށް ކިހިނެއްކަން އެހީ ހޯދަދެވޭނީ، މި ކުޑަކުޑަ އާބާދީގަ ޒުވާނުން ރަނގަޅަށް ހޭލުންތެރި ކޮށްދީގެން މިކަހަލަ ކަންތައްތަކަކީ ހުއްޓުވޭނެ ކަންތައްތައް" އެ ވީޑިއޯގައި މައީޝާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ މި ބަލި ޖެހުނީމަ ޑިސްކްރިމިނޭޓް ކުރާތީ ޖަޖް ކުރާތީ ބުނަން ނުކެރޭ ބައިވަރު މީހުން ތިބޭ ކަމަށާއި އެއީ ގެއްލިގެންދާ އެމީހުނގެ ހައްގެއް ކަމަށެވެ.

https://twitter.com/HPA_MV/status/1196298461513019392

ހެޕަޓައިޓިސް އަކީ ގެންލުންދެނިވި އެއްޗެއްގެ ސަބަބުން ނުވަތަ ޖަރާސީމެއްގެ ސަބަބުން ފުރަމޭ އަށް އަންނަ ބަދަލަކަށް ކިޔާ ނަމެކެވެ. ނުވަތަ ފުރަމޭގެ ފަރުމާ އަށް ކޮންމެވެސް ސަބަބަކާ ހުރެ ބަދަލުތަކެއް އައުމެވެ. މި ބަދަލުތައް އައުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހެޕަޓައިޓިސް ވައިރަހާއި، ބައެއް އެހެނިހެން ވައިރަހާއި ބަނގުރާ ބުއިމާއި ބައެއް ބޭހާއި ވިހަ އާއި އަދި ބައެއް ކަހަލަ ކާނާ ފާހަގަކޮށްލެވެއެވެ.

އިންސާނާގެ ވިޔާނުދާ އުޅުމާއި ގުޅުމާއި އޭނާގެ ކެއިންބުއިމުގެ ވައްޓަފާޅި އަކީ ހެޕަޓައިޓިސް އަށް ހުށަހެޅިދާނެ ސަބަބުތަކެކެވެ. ޚާއްޞަކޮށް ވައިރަލް ހެޕަޓައިޓަސް އަށެވެ. ވައިރަލް ހެޕަޓައިޓިސް އަކީ ހެޕަޓައިޓިސް ޖައްސާ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމެވެ. ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ އަދި އީ އަކީ މިދެންނެވި ހެޕަޓައިޓިސް ވައިރަސްގެ ތަފާތު ވައްތަރުތަކެވެ. މިއިން ބާވަތެއްގެ ވައިރަހެއް ހަށިގަނޑުގައި ހުންނަތާ ހަ މަސް ނުވާ ނަމަ އެއީ އެކިއުޓު ހެޕަޓައިޓިސް އެވެ. އަދި ހަ މަހަށް ވުރެ ގިނަވެއްޖެ ނަމަ އެއީ ކުރޮނިކް ހެޕަޓައިޓިސް އެވެ.

މި ހަބަރަށް ހެޕަޓައިޓިސް އާ ބެހޭ މައުލޫމާތު ނަގާފައިވަނީ މިހާރު ނޫހުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް