ކޮންވޯލް، އިންގްލޭޑްގައި ކުއްޖަކު ސުކޫލަށް ނުދާންވެގެން ޕާމެނެންޓް މާކަރަކުން މުޅި ގައިގައި ކުރަހައިފިއެވެ.
އުމުރުން އެންމެ ހަ އަހަރުގެ ލިލީ ވަނީ އޭނާގެ މުޅި ގައިގައި ފާނަބަސަންދު ބަލި ޖެހުމުން ގައިގައި ހުންނަ ލަކުނުތަކާއި އެއްގޮތަށް ތިކި ޖަހާފައެވެ.
ލިލީގެ މަންމައާއި ހަވާލާދީ ބައެއް ބޭރު މީޑިއާތަކުން ބުނިގޮތުގައި، ލިލީ ޕާމެނެޓް މާކަރަކުން ކުރެހުމުން އެތަންތަން އޭނާގެ ގައިން ނުވެސް ފިލި ކަމަށެވެ. ލިލީ އެފަދައިން އަމަލު ކުރީ އެއްކުލާހެއްގައި ކިޔަވާ ކުއްޖަކު ފާނަބަސަންދު ޖެހިގެން ސުކޫލަށް ނުދިއުމުން ލިބުނު ހިޔާލެއްގެ ސަބަބުންނެވެ.
ކުލާސް ކުއްޖާއަށް އެބަލި ޖެހުމުން ސުކޫލަށް އައުން މަނާކުރުމުން ލިލީ ވެސް ބޭނުންވީ ބަލި ޖެހޭކަމަށް ހެދިގެން ސުކޫލަށް ނައިސް ގޭގައި އޮންނާށެވެ. ލިލީ މިފަދައިން އަމަލު ކުރުމުން އޭނާގެ މައިންބަފައިން އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ވެސް ދިޔަކަމަށް ލިލީގެ މަންމަ ވަނީ ބުނެފައެވެ. ނަމަވެސް އޭގެ ފަހުން އެއީ މާކަރަކުން ކުރަހާފައި ހުރި ތިކި ތަކެއްކަން އެނގުމުން ވަރަށް ހިނިއައިކަމަށް ލިލީގެ މަންމަ ބުންޏެވެ.
އެންމެފަހުން ލިލީއަށް ޖެހުނީ ފާނަބަސަންދު ޖެހޭކަމަށް ހެދެން އޭނާގެ މުޅި ގައިގައި ކުރެހި ރަތްކުލައިގެ ތިކިތަކާއި އެކީ ސުކޫލަށް ދާން ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް