އެސްޓޯއީ އިޔަރ އެންޑް ސޭލް މިފަހަރުވެސް ބޮޑެތި އިނާމުތަކަކާ އެކީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ އިޔަރ އެންޑް ސޭލް އިއްޔެ އިފްތިތާހުކޮށްފި އެވެ. އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި ސޭލް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ރިސްކް ޑި...

18 Nov 2019 | 04:28

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ އިޔަރ އެންޑް ސޭލް އިއްޔެ އިފްތިތާހުކޮށްފި އެވެ.

އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި ސޭލް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދުއެވެ.

ނޮވެމްބަރު މަހުގެ 17 ން ޑިސެމްބަރުމަހުގެ 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ސޭލްގައި 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތަކެއް ލިބުމުގެ ފުރުސަތު ލިބެއެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ މި ސޭލްގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ހުރުމާއިއެކު ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓް ދެ މީހަކަށް ހުރުމާއެކު ލިބިގެންދާއިރު ތިންވަނަ އިނާމަކީ އައިފޯން 11އެކެވެ.

މި އަހަރުގެ އިޔަރ އެންޑް ސޭލްގެ ޕާޓްނަރަކީ މޯލްޑީވިއަންއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް