ރާނޫގެ ފަހުގެ މޭކްއަޕް ފޮޓޯތަކާއި އެކީ ގިނަބައެއްގެ ފާޑުކިޔުން

އެއްރެއިން މަޝްހޫރުކަން ހޯދި ރާނޫ މަންޑަލް ދާދި ފަހުން އިވެންޓަކަށް ތައްޔާރުވެގެން ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް އާންމުވުމުން ގިނަ މީހުން ފާޑުކިޔަން ފަށައިފި އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ރާނޫ އި...

18 Nov 2019 | 04:17

އެއްރެއިން މަޝްހޫރުކަން ހޯދި ރާނޫ މަންޑަލް ދާދި ފަހުން އިވެންޓަކަށް ތައްޔާރުވެގެން ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް އާންމުވުމުން ގިނަ މީހުން ފާޑުކިޔަން ފަށައިފި އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ރާނޫ އިންނަނީ މީހާގެ ސިފަވެސް ނޭންގޭ ވަރަށް މޭކްއަފްކޮށްގެންނެވެ. މީގެ ކުރިން ވެސް ރާނޫ މޭކްއަޕް ކޮށްގެން އެތައް އިވެންންޓަކަށް ދިޔަނަމަވެސް މިހާރު އާންމުވެފައިވާ ފޮޓޯތަކުގައި އޭނާ ހުންނަނީ މޫނާ ނުގުޅޭ މޭކްއަޕެއް ކޮށްގެންނެވެ. މޫނުމަތީގައި ބޭނުންކޮށްފައިހުރި ހުދު ފައުންޑޭޝަނެއްގެ ސަބަބުން އޭނާގެ ސިފަ ވަނީ ބަދަލުވެފައެވެ.

އެ ފޮޓޯތަކުގައި އޭނާ ހުންނަނީ އަގުބޮޑު ލެހެންގާއެއް ލައިގެން އަދި އެހާމެ އަގުހުރި ގަހަނާތަކެއް އަޅައިގެންނެވެ. އޭނާ އެރޭ ތައްޔާރުވެފައި ހުރީ އޭނާގެ ނަމުގައި ބޭއްވި ސޯޝަލް އިވެންޓަކަށް ދިއުމަށެވެ.

މިކަމާ ގުޅިގެން އެއްބަޔަކު މޭކްއަޕް އާޓިސްޓަށް ފާޑުކިޔަމުންދާއިރު، ރާނޫ އަށް ވެސް ގިނަ މީހުން ދަނީ ފާޑުކިޔަމުންނެވެ.

ރާނޫގެ މި ފޮޓޯތައް އާންމުވެފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ސުޕަރމާޓެއްގައި ފޭނަކާއި ދިމާލަށް ރާނޫ އެއްޗެހި ކިޔާ ވީޑިއޯއެއް އާންމުފައި ވަނިކޮށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެވީޑީއޯއިން ފެންނަގޮތުގައި ރާނޫގެ ފަހަތުން އަންހެނަކު އައިސް އޭނާގެ އަތުގައި އަތްލުމަށްފަހު ސެލްފީއެއް ނަގަން އެދުމުން އޭނާ ނުރުހުން ފާޅުކުރާ މަންޒަރު ފެނިގެންދެއެވެ. ރާނޫ ރުޅިއައިސްގެން އެއަންހެން މީހާގެ ކޮނޑުގައި ދެތިންފަހަރު ޖަހައިލުމަށްފަހު ކޮންމެވެސް އެއްޗެއް ބުނާ މަންޒަރުވެސް އެވީޑިއޯ އިން ފެނެއެވެ.

ރާނޫ މިހާރު ވަނީ ހިމޭޝް ރޭޝަމިޔާގެ ފިލްމަކަށް މިހާތަނަށް ތިން ލަވަ ކިޔައިފައެވެ. އޭގެ އިތުރުން ސޯޝަލް އިވެންޓްތަކުން ވެސް ރާނޫ ފެނިގެން ދެއެވެ. ރާނޫ އަކީ މިހާރު ވަރަށް މަޝްހޫރު މޫނެކެވެ.

https://twitter.com/HinduRajput4/status/1195898979046711296

https://twitter.com/AbhiSonne/status/1195770271078080513

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް