އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަޔޯދިއާ ސަރަހައްދުގައި ބަބްރީ މިސްކިތް ހުރި ބިމުގައި ފައްޅިއެއް އެޅުމުގެ ހުއްދަ އެގައުމުގެ ސްޕްރީމް ކޯޓުން ހިންދޫންނަށް ދީފައިވާއިރު ސުޕްރީމް ކޯޓުގެ އެ ނިންމުން އަލުން މުރާޖައާ ކޮށްދޭން މުސްލިމް އެދެން ނިންމައިފި އެވެ.
އެގޮތުން އިންޑިއާގެ މުސްލިމް ގްރޫޕެއް ކަމުގައިވާ "The All India Muslim Personal Law Board" އިން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން އަލުން މުރާޖައާކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދެން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ބަބްރީ މިސްކިތަކީ 16 ވަނަ ގަރުނުން ފެށިގެން މުސްލިމުން ބޭނުން ކުރަމުންދިޔަ މިސްކިތެކެވެ. ނަމަވެސް 1992 ގައި ހިންދޫން އަޔޯދިޔާ ސިޓީއަށް އަރައި އެ ސިޓީގެ މުސްލިމުންނަށް ހަމަލާދީ ބަބްރީ މިސްކިތް ހިމެނޭ ސަރަހައްދު އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި އެ މިސްކިތް ބޭނުން ނުކުރެވޭ ވަރަށް ތަޅާލިއެވެ.
އޭރު ހިނގާދިޔަ ހަމަނުޖެހުންތަކުގައި 2000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އެއަށްފަހު އެ ސަރަހައްދު އޮންނަނީ ހިންދޫންގެ ކޮންޓްރޯލު ދަށުގައެވެ. މައްސަލަ އޮތީ ކޯޓުގައި ވަކި ގޮތެއް ނުނިމިއެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަބަދުވެސް ވައުދުވަމުން ދިޔައީ އެ ބިން ހިންދޫންނަށް ދޭނެ ކަމުގެ ވައުދެވެ. ހިންދޫންނަށް އެ ބިން ދޭން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް