ރޯޝަނީ މަގުގައި ހުންނަ ބައެއް ގެތަކުން މިރޭ ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ފެނުގެ ޚިދުމަތް މެދުކަނޑާލަނީ ވޯޓަރ ސަޕްލައި ޚިދުމަތް އަޕްގްރޭޑް ކުރުމަށް މާލެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން މިރޭ 11:00 އިން ފެށިގެން ފަތިހު 5 އާ ދެމެދުގެ ވަގުތަކަށް އެ ސަރަހައްދުގައި ހިމެނޭ ގެތަކުން ފެނުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެމްޑަބްލިއެސްސީން ހިއްސާކޮށްފައިވާ ޗާޓުން ފެންނަ ގޮތުގައި ސަނދުބަރަކަ ގޯޅިއާއި ފިލިގަސް މަގާ ދެމެދުން ރޯޝަނީ މަގުގައި ހުންނަ ގެތަކުން ފެން ކެނޑޭނެ ކަމަށް ބުނެފައި ވެއެވެ.
އެ ކުންފުނިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.
https://twitter.com/MWSC_Official/status/1450123504288866304
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް